ހުއްދައެއްނެތި ދީނީފޮތް ޢާއްމުކުރުންއިތުރުވަނީ

islamicmosquepray-53b871f80a03fceed6bfe536d81b4289_h.jpg

އިސްލާމިކް މިނިސްޓްރީގެ ހުއްދައެއްނެތި ދީނީ ފޮތްތައް ގެންގުޅެ އާއްމުކުރުން އިތުރުވެފައިވާކަމުގައި އެ މިނިސްޓްރީއިން ބުނެފިއެވެ.

އެމިނިސްޓްރީގެ ޑެޕިއުޓީމިނިސްޓަރ އައްޝައިޚް އިބްރާހީމް އަހްމަދު މިއަދު ސަންއޮންލައިން ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބައެއްމީހުން މިނިސްޓްރީއިން ހުއްދަނުނަގާ ފޮތާ އާޓިކަލްތައް ޢާއްމުކުރަމުން ދާކަމަށާއި މިފަހަކަށް އައިސް ގިނަފަރާތްތަކަކުން ކީރިތި ޤުރުއާނާއި ޙަދީޘްތައް މާނަކޮށް ލިއުންތައް ތައްޔާރުކޮށް ޢާއްމުކުރަމުންދާ ކަމުގައެވެ.

ޝައިޚްވިދާޅުވީ އެ މިނިސްޓްރީގެ ހުއްދަނެތި މިފަދަ ލިއުންތައް އާއްމުކުރާނަމަ ކުރިއަށްއޮތްތަނުގައި ފިޔަވަޅު އަޅާނެއެވެ.

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގާނޫނުގެދަށުން އެގާނޫނުގެ 2ވަނަ މާއްދާގެ ނ.ގައިވާގޮތުން ދިވެހިރާއްޖޭގައި ދީނީފޮތް ޢާއްމުކުރެވޭނީ އިސްލާމިކްމިނިސްޓްރީގެ ހުއްދަ ލިއުމަކުން ލިބިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top