އަންނަ އަހަރު ސްކޫލްކުދިންގެ ހެނދުނުގެ ނާސްތާ : ކިރާއި ބިހާއި ދޮންކެޔޮ

DSCN7011-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް --އީވީ ފައިލް ފޮޓޯ

ކޮވިޑް-19 އާއި ގުޅިގެން ސްކޫލް ތައް ބަންދުކުރުމަށްފަހު މެދުކަނޑާލާފައިވާ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އަންނަ އަހަރު އަލުން ފަށާއިރު ހުރިހާ ސްކޫލެއްގައިވެސް ހުންނާނީ އެއްމެނޫ އެއްކަމަށާއި އެއީ ކިރުތައްޓަކާއި ދޮންކެޔޮ ވަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ “އަދުގެ ރާއްޖެ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މޫސާ ނަޢީމް ވިދާޅުވީ އަންނަ އަހަރުގެ ކިޔެވުން ފެށޭއިރު ކުރިން ބޭނުންކުރަމުންދިޔަ 19 ނާސްތާ މެނޫ ކެންސަލް ކޮށް އޭގެ ބަދަލުގައި ހުރިހާ ސްކުލެއްގައިވެސް ބޭނުން ކުރާނީ އެއް މެނޫކަމަށެވެ. އެގޮތުން އެ މެނޫގައި ހިމެނޭނީ ކިރާއި، ބިސް އަދި ދޮންކެޔޮކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމަށް ބަދަލުގެނައުމަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ މި ދަނޑިވަޅާ ގުޅިގެން ދަރިވަރުންގެ ސިއްހަތު ރައްކާތެރިވުމުގެ ގޮތުންކަމަށެވެ. އަދި މި ބަދަލާއެކު އިސްރާފް ކުރުމުގެ ބައި ކުޑަކުރެވި ދަރިވަރުންނަށް މިންހެޔޮ ކާނާއެއް ފޮރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ނާސްތާ ޕްރޮގްރާމްގެސަބަބުން އެދެވޭ ނަތީޖާތަކެއް ފެނިގެން އެބަދާކަމަށާ ދަރިވަރުންގެ ކިޔެވުމަށްވެސް ހެޔޮ ބަދަލުތަކެއް އެބައަންނަ ކަމަށެވެ. ”

“ދަރިވަރުން ގަޑިއަށް އަންނަން ފަށައިފި. ފިލާވަޅުތަކަށްވެސް ސަމާލުކަން ދޭ. މި ޕްރޮގްރާމަކީ ބެލެނިވެރިން ގަޔާވާ ރަށަށް އިގްތިސާދީ ގޮތުންވެސް ފައިދާތަކެއް ކުރޭ.” މިނިސްޓަރު ވިދާޅުވިއެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބައިވެރިކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ތެރޭގައެވެ. އޭގެ ކުރިން ފެށި ޕައިލެޓް ޕްރޮގްރާމް ފުރަތަމަ ޓާމުގައި ފަށާފައިވަނީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ 25 ސްކޫލެއްގައެވެ. އެއީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top