އަަބީޝެކްގެ 40ވަނަ އުފަންދުވަސް ފާހަގަކުރީ ރާއްޖޭގައި

662979.jpg

ބޮލީވުޑްގެ ބިގްބީގެ ނަމުން މަޝްހޫރުވެފައިވާ އަމީތާބް ބައްޗަންގެ ހުރި އެންމެ ފިރިހެންދަރިފުޅު އަދިފިލްމީ ބަތަލް އަބީޝެކްބައްޗަންގެ 40ވަނަ އުފަންދުވަސް މިއަދު ފާހަގަ ކުރީ ރާއްޖޭގެ ފައިވްސްޓާރ ރިސޯޓެއްކަމުގައިވާ ރީތިރަށް ރިސޯޓްގައެވެ.

މީގެ ކުރިން އަބީޝެކް އުފަންދުވަސް ފާހަގަކުރަނީ އިންޑިއާގައި ބައިވަރު ސްޓާރުންނަށް ދައުވަތު ދީގެން ކަމުގައި ވިޔަސް މިއަހަރު އެމުނާސަބާ ފާހަގަކުރަނީ ހަމައެކަނި ފެމިލީ މެންބަރުންނާއެކު ރާއްޖޭގައި ކަމަށް ބޮލީވުޑްގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.

މި ދަތުރުގެ މަންޒަރުތައް އަމީތާބްގެ ކެމެރާއަށް ނަގަމުންދާއިރު ބައެއް ފޮޓޯތައް ވަނީ މީޑިއާއާއި ހިއްސާކޮށްފައެވެ.

އެގޮތުން މިއަދު ހެނދުނު، ޔޮޓެއްގައި ތިބެގެން ނަގާފައިވާ ފެމިލީ ފޮޓޯއެއް އަމީތާބްވަނީ ޕޯސްޓް ކޮށްފައެވެ. އެފޮޓޯގައިވަނީ އަމީތާބްއާއި ޖާޔާގެ އިތުރުން ދެދަރިން ކަމުގައިވާ އަބީޝެކްއާއި ސްވޭތާ ނަންދާ އަދި ޅީދަރިފުޅުއައިޝްވާރްޔާ އާއި ކާފަދަރިފުޅު އާރާދްޔާއެވެ.662774

މިއަދު ހެދުނުގެ ވަގުތެއްގައި އަބީޝެކްވެސްވަނީ ފޮޓޯއެއް ޕޯސްޓްކޮށްފައެވެ،. އެފޮޓޯއިން ފެންނަނީ އެދެމަފިރިންނާއި ދަރިފުޅު އަތުގުޅާލައިގެން ތިބޭ މަންޒަރެވެ.

އަބީޝެކްއާއި އައިޝްވާރްޔާ ، އަބީޝެކްގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއައިސްފައިވަނީ ވަރަށް ބިޒީ ޝެޑިއުލްއެއްގައި ދެމީހުންވެސް މަސައްކަތްކުރަމުންދާ ދުވަސްވަރެއްގައި ޝޯޓްކަޓެއް ނަގައިގެންނެވެ..

އަބީޝެކްއާއި އޭޝް އެކުގައި ކުޅޭ ފިލްމެއް ފެނުން ދެން ލަހެއްނުވާނެއެވެ. ހައުސްފުލް 3 ގައި މިދެމަފިރިންއެކުގައި ބޮޑު ރޯލެއް އަދާކުރެއެވެ.  އެހެންކަމުން މިދެމީހުންގެ ކެމިސްޓްރީ ބަލާހިތުން ތިބި ދެތަރިންގެ ފޭނުން ދަނީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top