ގޮއިދޫ ރައްޔިތުންގެ ލޯބި ފުޅަދޫ ރައްޔިތުންނަށް މިފަހަރު ހުށަހެޅީ ސަގާފީ ޖާފަތަކުން

as.jpg

ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ފުޅަދޫގެ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނުކުމެ ފޯރިއާއެކު ކޮށްފިއެވެ.

އެއްފަޅެއްގެ ތެރޭގައި ޖެހިޖެހިގެން އޮންނަ ގޮއިފުޅަ ފެހެންދޫ އަކީއަކީ ޒަމާނުއްސުރެވެސް ވަރަށް ބަދަހި ގުޅުމަކުން ގުޅިފައިވާ ބަޔަކަށް ވާތީ އަވައްޓެރިޔާގެ މިމަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން  ގޮއިދޫ ރައްޔިތުންވަނީ ސަގާފީ އާދަކާދައާ އެއްގޮތަށް  ފުޅަދޫ ރައްޔިތުންނަށް ޖާފަތެއްދީފައެވެ. ގޮއިދޫ ޖާފަތް ދީފައިވާއިރު އަނެއް އަވައްޓެރިޔާ، ފެހެންދޫ ރައްޔިތުންވަނީ ވަނީ އެމުނާސަބާ ހިނގަމުން ދިޔަ ވަގުތު ކުލަގަދަ ބޮޑުބެރު ޝޯއެއް ހުށަހަޅައިދީފައެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އާމިރު ވިދާޅުވީ ފުޅަދޫ ރައްޔިތުންނަކީ ގޮއިދޫގެ އެންމެ ގާތް އެކުވެރިޔާއަށް ވެފައި އެރައްޔިތުން މިފަދަ އިޖްތިމާއީ މަސައްކަތެއްކުރަމުންދާތީ އެކަމަށް ހިތްވަރުދިނުމުގެ ގޮތުންނާއި އެކުވެރިކަން އާލާކުރުމުގެ ގޮތުން އަންގާރަ ދުވަހު ޖާފަތެއް ދީފައިވާކަމުގައެވެ.

ފުޅަދޫގެ ފާލަން މަރާމާތުކުރުމަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ފުޅަދޫ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top