ޓެކްސް ބޮޑުކުރަން ފާސްކޮށްފި

majlis-px0isllrh56k92d5xbmanrichgq0wfn7jmslfm4sq8.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: މަޖިލީސް

ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް، ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ހުށަހެޅި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައި މިވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްވެ ރައީސް ސޯލިހަށް އިއްޔެ ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެެވެ.

ޓެކްސް ބިލު ފާސްކޮށްފައި މިވަނީ ކޮމިޓީ މަރުހަލާގައި ހުށަހެޅި ހުރިހާ އިސްލާހެއް ބޭރު ކުރުމަށް ފަހު، ހުށަހެޅި ގޮތަށެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި އިރު އިދިކޮޅު ފަރާތްތަކުން ދިޔައީ މަޖިލީހުގައި އަޑުގަދަ ކުރަމުންނެވެ. އަދި އެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރު ނުކުރާތީ ސަރުކާރު ފެކްޝަންގެ މެންބަރުން ވެސް ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

މީގެ އިތުރުން މިއަދު ވޯޓަށް އެހީ މިދިޔަ ދެ ދުވަހަށް އެޖެންޑާ ކުރުމަށް ފަހުވެސް ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލާ މައްސަލައިގަ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި މިއިސްލާހު ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top