އޭދަފުށީ ކައުންސިލާއި ކްލަބް އޭދަފުށީގެ ފަރާތުން ޔޫތު މިނިސްޓަރާ ބައްދަލުކޮށްފި

Dtkc-ueVAAAJ-t4.jpg

ކްލަބް އޭދަފުށީގެ ޖާޒީ މިނިސްޓަރ މަހްލޫފަށް ހަދިޔާ ކުރައްވަނީ– ފޮޓޯ/ޔޫތު މިނިސްޓްރީ

އޭދަފުށީ ކައުންސިލާއި ކްލަބް އޭދަފުށީގެ ފަރާތުން ޔޫތު މިނިސްޓަރާ ބައްދަލު ކޮށްފިއެވެ.

މި ބައްދަލު ވުން އޮތީ އިއްޔެ ޔޫތު މިނިސްޓްރީގައެވެ. ބައްދަލު ކުރެއްވުމުގައި އޭދަފުށީ ކަައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން އާއި ކްލަބް އޭދަފުށީގެ ފަރާތުން އިބްރާހީމް އާމިރު (ސަލްސާ އާމިރު )އާއި މުހައްމަދު އިކްރާމް ބައިވެރިވެފައިވެއެވެ.

މި ބައްދަލު ވުމުގައި މަޝްވަރާ ކުރެވުނީ އޭދަފުށީ ޔޫތު ސެންޓަރު ބެލެހެއްޓުމަށް ރަނގަޅު އިންތިޒާމެއް ހަމޖެއްސުމުގެ ގޮތުންނާއި ސްޕޯޓްސް އެރީނާގެ ދަށުން އޭދަފުށީގައި ހަދާފައިވާ ފުޓްސަލް ދަނޑަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ކަމަށް ރައީސް ތޮލާލު ވިދާޅުވި އެވެ.

މިކަންކަމަށް މިނިސްޓްރީން ދެވެން އޮތް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށަށް މިނިސްޓަރު ވިދާޅުވި ކަމަށާއި އިތުރު ބައްދަލުވުމަކަށް މިނިސްޓަރު އަރިހުގައި ދަންނަވާފައި ވާނޭ ކަމަށްވެސް ރައީސް ތޮލާލު ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ކްލަބް އޭދަފުށީގެ ފަރާތުން ވަނީ އެކްލަބްގެ ޖާޒީއެއް މިނިސްޓަރ މަހުލޫފަށް ވެދުމަށް އަރުވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top