ކެންދޫ ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށްފި

big_h5n3AdMkDxYxlGszdoxDkR5le.jpg

ކެންދޫ ސްކޫލުގައި އަލަށް ހެދި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތު

ބ. ކެންދޫގައި އަލަށް ހެދި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވައި ކެންދޫ ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށްފި އެވެ.

އަލަށް ހެދި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ކެންދޫ ސުކޫލްގެ ޕުރިންސިޕަލް އަމްޖަދު ހުސައިން ވިދާޅުވީ އެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ވަށާޖެހޭ ތައުލީމެއްގެ ފެށުން ކަމަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިކަމުގެ ސަބަބުން ބެލެނެވެރިންނަންވެސް އަދި ސްކޫލުގެ މުވައްޒަފުންނަށްވެސް ފަސޭހަތަކެއް ލިބި ސްކޫލުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރިއަށް ވުރެ ތަނަވަސް ފުރުސަތުތައް ލިބޭނެ ކަމަށެވެ.

އަމްޖަދު ވިދާޅުވީ ކެންދޫ ސްކޫލުގައި ސައިންސް ލެބެއް ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ކެންދޫ ސުކޫލަކީ 252 ދަރިވަރުންނާ އެކު ގުރޭޑް 10 އަކާ ހަމައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top