ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

IMG_20220514_120640345-1.jpg

މޫސުން ގޯސް ދުވަހެއް

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ގއ.އަތޮޅާއި ހަމައަށެވެ.

އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ މިއަދު 16:00 އިން ފެށިގެން މިރޭ 22:00 އާ ހަމައަށެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައިި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުލެއާއި މާލެއަށެވެ. ހުޅުލެއަށް 73.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު, މާލެއަށް ވަނީ 67.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ދެން އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ލ.ކައްދުއަށެވެ. އެގޮތުން ކައްދުއަށް 62.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް އިއްޔެ އިން ފެށިގެން ދަނީ ވިއްސާރައިގެ އަސަރު ކުރަމުން ނެވެ. މޫސުން ގޯސްވާ ވަގުތު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top