”ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު 2025“ އިފުތިތާހުކޮށްފި

large_172983693661pGxA.png

ވިޒިޓް ދަރަވަންދޫ އިޔާ 2025 އިފުތިތާހުކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަލީ ރަޝީދު

”ދަރަވަންދޫއަށް ޒިޔާރާތްކުރުމުގެ އަހަރު 2025“ ރޭ ރަސްމީކޮށް އިފުތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި ރޭ ދަރަވަންދޫގައި ވަނީ ޚާއްސަ ހަފުލާއެއް ބާއްވާފައެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާންއެވެ.

މި ހަފުލާގައި ސަގާފީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ބޮޑުބެރާއި، ތަމްސީލުތައް ވެސް ދައްކާލާފައިވެއެވެ.  ބޮޑުބެރު ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އެ ރަށުގެ ޗަނބޭލީ ބޮޑުބެރު ގްރޫޕުންނެވެ.

ދަރަވަންދޫ ކައުންސިލުން އެކުލަވާލައި އާންމުކޮށްފައިވާ ދަރަވަންދޫގެ ތަރައްގީގެ ޕްލޭން 2022-2026 ގައި ރަށުގެ ފަތުރުވެރިކަމަށް ސަމާލުކަން ދީގެން ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން 2025 ވަނަ އަހަރަކީ ދަރަވަންދޫ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ވަނީ ހިމަނާފައެވެ.

އެގޮތުން އެ އަހަރުގެ ތެރޭގައި ރަށަށް ޒިޔާރަތްކުރާ މީހުން އިތުރުކޮށް، ފަތުރުވެރީންނަށް ޓަކައި ގިނަ ފުރުސަތުތަކެއް އިންތިޒާމުކުރެވި ތަނަވަސްކުރާނެ އަހަރަކަށް ހެދުމަށް ނިންމާފައިވެއެވެ.

ރޭގެ ހަފުލާގައި ދަރަވަންދޫ ރައްޔިތުންގެ ފަރާތުން މުޅި ދުނިޔެއަށް ޚާއްސަ މެސެޖެއް ވަނީ ފޯރުކޮށްދީފައެވެ. އެއީ އެ ރަށަށް އަންނަންވީ ކީއްވެކަމެވެ. އެކަމަށްޓަކައި ތައްޔާރުކޮށް ދައްކާލި ޚާއްސަ ލަވައިގައި އެ ރަށުގެ އެއްބައިވަންތަކަމާއި، ރަށުގެ ގެސްޓުހައުސްތަކާއި، ރަށުގެ ސަގާފަތްތައް ދައްކުވައިދެއެވެ.

މި ހަފުލާގައި ދަރަވަންދޫ ކައުންސިލާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސްބޭފުޅުންނާއި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

އެ ހަފުލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ ކައުންސިލުން އިސް ނަގައިގެން އެފަދަ ކަމެއް ކުރަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެކަމަށް ރައްޔިތުން ވެސް އާނބަސް ބުނެފައިވާ ކަމަށެވެ.

އެ ކަމާ މިއަދު ވަރަށް އުފާކުރައްވާ ކަމަށް ސަމީހު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top