ސީވިއު ބިސްޓްރޯ ރޯދަވީއްލުން: 8 އަހަރުން ދަށް މުޅިން ހިލޭ. 12 އަހަރުން ދަށް %50 ހިލޭ.

viber_image_2023-03-28_16-22-33-566.jpg

މިރޯދަމަހު ރޯދަވީއްލަން ސީވިއު ބިސްޓްރޯ ރެސްޓޯރަންޓަށް އަދި ނުދަން ދޯއެވެ. ފުރުސަތުގެ ބޭނުން އަވަހަށް ހިފާށެވެ. ވަރަށް ޑިމާންޑް ބޮޑެވެ. 

އިއްޔެ އަނެއްކާވެސް ބިސްޓްރޯގެ އަގުތަކަށް ވަނީ ހެޔޮ ބަދަލެއް ގެނެސް އިތުރު ޑިސްކައުންޓް ދޭން ފަށާފައެވެ.

އަލަށް ދޭން ފެށީ ޑިސްކައުންޓުގެ ދަށުން އަށްއަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ރޯދަވީއްލުން ހިލޭ ލިބެއެވެ. އަނެއްކާ 12 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް %50 ޑިސްކައުންޓް ލިބެއެވެ. ބޮޑެތި މީހުންނަށް އޮތް ހެޔޮ ޚަބަރަކީ ކޮންމެ އަށް މީހެއްގެ ޕެކެއްގެ ރޯދަވީއްލުމާއެކު އިތުރު އެކަކު ފްރީ ކޮއްލަން ވެސް ބިސްޓްރޯއިން ވަނީ ނިންމާފައެވެ. ސަޅިދޯއެވެ. 

ރެސްޓޯރަންޓް މެނޭޖަރު އަދި އޯނަރު ޔޫސުފް މޫސާ (ޔޫބެ) ބުނީ ގިނަ ބަޔެއްގެ ޚިޔާލާއެކު ޑިސްކައުންޓްތަކެއް ދޭން ހަމަޖެއްސީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ކަމަށެވެ. އޭނާ ބުނީ ޑިމާންޑް ވަރަށް ބޮޑުކަމަށާ، ޚާއްސަގޮތެއްގައި ރޯދަ ވީއްލާ ގަޑިއަށް ޑެލިވަރީތައް ވެސް ބާރުބޮޑު ކަމަށެވެ. 

”ޑެލިވަރީތައް ހަމަ ވަރަށް އޮބި. ރޯދަ ވީއްލުންވެސް ބާރު ބޮޑު. މިހާރު ޕެކޭޖްތަކަށް ގެނައި ބަދަލަށް ތަރުހީބު ލިބުން ބޮޑު. އަނެއްކޮޅުން 8 އަހަރުން ދަށް މުޅިން ފްރީ. 12 އަހަރުން ދަށް ދެބައިކުޅަ އެއްބައި ފްރީވީ. 8 މީހުން ރޯދަ ވީއްލަންޏާ އެކަކަށް ފްރީ އެބަވޭ. މިހާކަންވަރަށް ކަންނޭގެ ދެން ކަސްޓަމަރުން ހިތް އުފާކޮށްދެވޭނީ“

 

ކުރިން ސަލްސާ ރިޓްރީޓް ނަމުގައި ހިންގި ރެސްޓޯރަންޓް، ސީވިއު ބިސްޓްރޯ އަށް ބަދަލުކޮށް ހިންގަން ފެށި ފަހުން އަހަރަކަށްވުރެ ގިނަދުވަސް ވީއިރު އެތަނުގައި އެއްފަހަރާ 120 މީހުންނަށް ޚިދުމަތް ދެވޭނެކަމަށް ރެސްޓޯރެންޓުން ބުނެއެވެ. 

ނޯޓް: މިއީ ވިޔަފާރި އުސޫލުން ޕަބްލިޝް ކުރި ލިޔުމެކެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top