މިރިޔަންދޫ ރިސޯޓް ހުޅުވުން 2019ގައި

04-1400x856.jpg

މިރިއަންދޫ ރިސޯޓުގެ ކުރެހުމެއް- ފޮޓޯ: މޯލްޑިވްސްއިންސައިޑާ

މިރިޔޮޓް އިންޓަނޭޝަނަލްގެ ވެސްޓިން މޯލްޑިވްސް ގެ ފަރާތުން ބ.އަތޮޅު މިރިޔަންދޫގައި ގައި ތަަރައްގީކުރަމުން އަންްނަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު 2019 ގައި ހުޅުުމަށް ތައްޔާރުވަމުން ދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި40 މިނެޓުން ދެވޭ މި ރިސޯޓު ފަރުމާ ކޮށްފައިވަނީ އިޓަލީގެ ކުންފުންޏަކުންނެވެ. ރިސޯޓް ޑިޒައިންކޮށްފައިވަނީ ގިނަ އަދަދަކަށް ލކުޑި ބޭނުންކޮށްގެން ޒަމާނީ ކުލަތަކާއި ލޯކަލް ފާޑުވެރިކަން ވެސް ހިމަނައިގެންނެވެ.

މަތީ ފެންވަރުގައި ތަރައްގީ ކުރާ މި ރިސޯޓުގައި އެންމެ މަތީ ފަންތީގެ 70 ވިލާ ހިމެނެ އެވެ. މީގެ އިތުރުން ގިނަ ބާވަތްތައް ހިމެނޭ ރެސްޓޯރެންޓްތަކާއި ފިޓްނަސް އާއި ބާ ފަދަ މުހިއްމު ތަންތަންވެސް ވަސީލްތައް ވެސް މިރިސޯޓުގައި ހުންނާނެކަމަށް ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާ އިން މައުލޫމާތު ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top