އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން ފާސްކޮށްފި.

94FB4ECB-957A-4F5C-B0C9-48483C9AC45C.jpeg

އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް އެތެރެކުރުން އަންނަ އަހަރުން ފެށިގެން މަނާ ކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ރާއްޖެއަށް އެތެރެކުރެވޭ ގިނަ ބާވަތްތަކެއްގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަ ގޮތަށް ހުށަހަޅާފައިވާ އެ ބިލުގައި ބުނަނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ އެފަދަ ޕްލާސްޓިކްގެ ބާވަތްތައް އަންނަ އަހަރުން ފެށިގެން އެތެރެ ކުރުން މުޅިން އެއްކޮށް މަނާ ކުރެވޭނެ ކަމަށެވެ.

އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް އެތެރެކުރުން މަނާ ކުރުމަށް މަޖިލީހުން މީގެ ކުރިން ކްލައިމެޓް އެމަޖެންސީއެއް ރާއްޖޭގައި އިއުލާން ކުރާ ގޮތަށް ގަރާރެއް ވެސް ފާސްކުރި އެވެ. އެ ގަރާރުގައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށެވެ. އެ ގަރާރަކީ ރާއްޖޭގެ 17 ސްކޫލެއްގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށް ފަހު ފާސްކުރި ގަރާރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top