ތުޅާދޫ ކޯޓުގެ އަމުރު ތަންފީޒު ނުކުރެވޭނެކަމަށް ”ރިޒް “އިން ބުނެފި

big_nqtio15PDM2FCTNMDxDTNSII7.jpg

ބޮޑުފިނޮޅުގައި ތިބި ބައެއް ބިދޭސީން.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ ކުންފުންޏަކުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން އެ މީހުން ބާލައި އެ މީހުންގެ މުދާތައް ވަގުތުން ގެންދިއުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރަށް އަމަލު ނުކުރެވޭނެކަމަށް އެ ކުންފުނިން ފުލުހުންނަށް އަންގައިފި އެވެ.

ދުވަހު ނޫސް ”މިހާރު” ގައި ޝާއިއު ކޮށްފައިވާ މި ޚަބަރުގައި ބުނަނީ “ރިޒާގެ ކުންފުނީގެ ނަމަކީ “ރިޒް” ކަމަށް މިހާތަނަށް ކިޔަމުން އައި ނަމަވެސް އެ ކުންފުނީގެ ވަކީލުން މިހާރު ވިދާޅުވަނީ ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި އަމުރު ރައްދުވަނީ “ރިޒް” އަށް ކަމަށް އެ ކުންފުނިން ބުނާ ކަމަށެވެ. އަދި ތުޅާދޫ ކޯޓުގައި ހިނގަމުންދާ މައްސަލާގައި ވެސް އެ ކުންފުނިން އެންމެ ބޮޑަށް ދައްކަނީ ނަމުގެ ވާހަކަ ކަމަށާ  “ރިޒް” އަކީ ވުޖޫދުގައި ނެތް ކުންފުންޏެއް ކަމަށް ވަނީ ބުނެފަ އެވެ.

ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި “ރިޒް” ގެ ނަމުގައި ކުންފުނީގެ ޝަހުސު އޮޅޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުންޏަސް ބޮޑުފިނޮޅުގެ މަސައްކަތާ ހަވާލުވެ ސޮއިކުރި އެއްބަސްވުމުގައި ވެސް “ރިޒް ޕްރައިވެޓް ލިމިޓެޑް” ގެ އެމްޑީގެ ހައިސިއްޔަތުން ރިޒާ ސޮއިކުރައްވާފައި އޮވެ އެވެ. އަދި ދައުވާ ރައްދުވަނީ “ރިޒް” ކުންފުންޏަށް ބުނާ ދައުވާގައި ކުންފުނީގެ ރަޖިސްޓްރީ ނަންބަރު ވެސް އޮވެ އެވެ.

ރިޒް ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ބަދަލު ހޯދަން ސީލް މޯލްޑިވްސް އިން ކުރި ދައުވާގައި އެދުނު ވަގުތީ އަމުރު ރިޒް ކުންފުންޏާއި ފުލުހުންނަށް ރައްދުވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top