ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

skynews.img_.1200.745.jpeg

އެސްޓީއޯ އިން ވިއްކަމުން ގެންދާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

މިއަދުން ފެށިގެން އެސްޓީއޯ އިން ޑީސަލް ލިޓަރެއް ވިއްކަމުން ގެންދަނީ ކުރިން ވިއްކަމުން އައި އަގަށް ވުރެ ލިޓަރަކުން 20 ލާރި ބޮޑުކޮށް 8.64 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގެންދަނީ ލިޓަރަކުން 30 ލާރި ބޮޑުކޮށް 8.95 ރުފިޔާ އަށެވެ.

އެސްޓީއޯއިން ބުނީ  ތެލުގެ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އުފުލުމާއި ގުޅިގެން ކަމުގައެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރިއިރު އެ ކުންފުނިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ ފާއިތުވި ޖޫން މަހު އެވެ. ރާއްޖޭގައި ވިއްކާ ތެލުގެ ޑިއުޓީ ކުޑަކުރުމާ ގުޅިގެން ޑީސަލް ލިޓަރަކުން 51ލ. އަދި ޕެޓްރޯލް ލިޓަރަކުން 30ލ. އޭރު ހެޔޮކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top