ބ.އަތޮޅުކައުންސިލްގެ ޑިރެކްޓަރޖެނެރަލް ޗައިނާއަށް

ފާތުމަތު ނަސްރާ ކ.

ފާތުމަތު ނަސްރާ ކ.

މިއަދުންފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ބ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ނަސްރާ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ފާތުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައިވަނީ ސިވިލްސާވިސް ކޮމިޝަން ގެ ސީނިއަރ މަގާމްތަކުގައި މަސައްކަތްކުރާ ސިވިލްސަރވިސް މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު 15 ބޭފުޅުންގެ ތެރޭގައި ހިމެނިގެންނެވެ.

މިދަތުރުގައި ބައިވެރިވާ ޑެލިގޭޝަންގެ ވެރިއަކީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. ޝަމީމާއެކު ސިވިލްސަރވިސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ހަތަރު ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top