އިސްލާމްދީނާ ގުޅޭ ކޮންފަރެންސެއް ރާއްޖޭގައި

 އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސް. ފޮޓޯ؛ ސީއެންއެމް

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސް. ފޮޓޯ؛ ސީއެންއެމް

ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ މެދުމިން، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާގައި ތަންފީޒުކުރާނޭގޮތްތައް ” މިޝިއާރުގެ ދަށުން އަންނަ ހޯމަދުވަހު ކޮންފަރެންސެއް ފެށުމަށް އިސްލާމިކް މިނިސްޓްރީއިން ތައްޔާރުވަމުންދާ ކަމުގައި އެމިނިސްޓްރީން ބުނެފިއެވެ.

މިކަމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ މި ކޮންފަރެންސަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަލްސައުދު އިސްނަންގަވައިގެން މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ބާއްވާކޮންފަރެންސެއްކަމުގައެވެ.

ކޮންފަރެންސާބެހޭ އިތުރު މައުލޫމާތު ދެއްވަމުން ޑރ. ޒިޔާދު ވިދާޅުވީ އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ސައޫދީގެ އިލްމުވެރިންނާ ރާއްޖޭގެ އިލްމުވެރިން ކަރުދާސްތަކެއް ހުށަހަޅުއްވާނެއެވެ.
މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަސްޖިދުއްނަބަވީގެ އިމާމް ހަމަޖެހިފައި ވީނަމަވެސް ދިމާވި ކުޑަމައްސަލައެއްގެ ސަބަބުން ބައިވެރިވެވަޑައިގެންނެވޭގޮތް ނުވިކަމަށާއި އެހެންނަވެސް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރއާއެކު 13 އިލްމުވެރިން ބައިވެރިވެރިވެ ވަޑައިގަންނަވާނެއެވެ. ރާއްޖޭގ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އިލްމުވެރިންގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީގެވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީސައީދުއާއި ކުރީގެ އިސްލާމިކް މިނިސްޓަރ އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ފަދަ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top