އޭލެވެލް އިމްތިހާނު އެޑެކްސަލްގެ ބަދަލުގައި ކޭމްބްރިޖް އަށް

286256102_517956180120281_382016585483726201_n.jpg

ފޮޓޯ: ބއތމ

ރާއްޖޭގައި އޭލެވެލް ދަރިވަރުންނަށް އެޑެކްސަލް އިމްތިހާންގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސަލް އިންޓަރނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިޙާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމި ނަމަވެސް މި އަހަރު މަތީ ސާނަވީ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނު ތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ކޭމްބްރިޖް އިންޓަރނޭޝަލް އޭއެސް އަދި އޭލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިހާނުތައް ފަށާނެ ގޮތުގެ ޝެޑިއުލް މިނިސްޓްރީން ވަނީ އާއްމު ކޮށްފައެވެ.

ހަމައެއާއެކު ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.

ބަޔާނުގައިވާ ގޮތުން ގުރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރު އެވެ. ކޭމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާނީ 2025 އަހަރުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިބަދަލު ގެނައީ ކީއްވެގެން ކަމާއި ކިހާވަރެއްގެ ދިރާސާ ތަކެއް ކުރުމަސްފަހު ކަމެއް އަދި ހާމައެއް ނުކުރެއެވެ.

އެޑެކްސަލް އާއި ކޭމްބްރިޖަކީ ވެސް އިނގިރޭސިވިލާތުގެ ދެ ޔުނިވަސިޓީއެވެ. އެޑެކްސަލް އާއި ކޭމްރިޖުން އޭލެވެލްގައި ދޭ އިމްތިހާނަކީ އަދި ދޫކުރާ ނަތީޖާއަކީ ވެސް ބައިނަލްއަގްވާމީ ގޮތުން އެއް މިންގަނޑެއްގެ ގޮތުގައި ބަލާ އިމްތިހާނާއި ނަތީޖާއެވެ. ނަމަވެސް ތައުލީމީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެޑެކްސަލްގެ ސިލަބަސް ބޮޑަށް ފަރުމާ ކުރެވިފައި ވަނީ އިނގިރޭސިވިލާތައް ހާއްސަ ކޮށްގެންނެވެ.

އޭލެވެލްގައި އެޑެކްސަލް އިމްތިހާންގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން ރާއްޖެ އިން ނިންމިއިރު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެޑެކްސަލްގެ އިމްތިހާނަށްވުރެ ކޭމްބްރިޖް އިމްތިހާން އުނދަގޫ ވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top