ވެކްސިން ޖެހި ފަހުންވެސް ކޮވިޑް އަށް ޕޮޒިޓިވް ވެފައިވޭ !

l_161243092430Gfsb.jpg

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން --- ފޮޓޯ: ،ސަން ފަޔާޒު މޫސާ

ކޮވިޑްވެކްސިން ޖެހިތާ ފަސް ދުވަސް ފަހުންވެސް ބައެއް މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަ ކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބަލިން މުޅިން ރައްކާތެރި ނުވާނެ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުން ރައްކާތެރުވެވޭނީ 60 އިންސައްތައަށް ކަމަށެވެ. އަދި ދެވަން ޑޯޒް ޖެހުމުން 70އިންސައްތަ އާ ހަމައަށް ކަމަށެވެ.

”ފުރަތަމަ ޑޯޒް ޖަހައިގެން ބަލި ޖެހުން ކުޑަވާނީ ދެ ހަފްތާ ފަހުން އެއީ 60 ޕަސެންޓަށް. ނަމަވެސް ދެވަނަޑޯޒް ޖެހުމުން 70 ޕަސެންޓު، ބަލި ޖެހުމުން ރައްކާތެރި ކޮށްދޭނެ.“ޑރ.ނަޒްލާ

އެހެންވީމާ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ބައެއް ފަރާތްތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމާއެކު އިރުޝާދުތަކަށް ފަރުވާ ކުޑަ ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މުޅިއެކު 56،218 މީހުން މިހާތަނަށް ވަނީ ވެކްސިން ޖަހައިފައެވެ. މިއީ އިންޑިއާ ސަރުކާރުން ދީފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވަނީ 100،000 ޑޯޒްގެ ވެކްސިން ދީފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top