ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ 8 ހަފްތާ ފަހުން

large_1585481076642Cre.jpg

ޑރ.ނަޒްލާ މުސްތަފާ ---ފޮޓޯ ސަން އޮންލައިން

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ދޭ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ވެކްސިން ޖަހާ މީހާ ފުރަތަމަ ޑޯޒް ޖެހުމަށްފަހު އަށް ހަފްތާ ފަހުންކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް އެއް ދިނުމަށް ނިންމާފައި ވަނީ މީގެ އަށް ހަފްތާ ފަހުން ކަމަށެވެ. އެގޮތަށް އެކަން ކުރުމަށް ނިންމާފައި ވަނީ ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީ (ޓެގް) އިން ދިރާސާތައް ކުރުމަށްފަހު ކަމަށާއި އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ވެސް ބެލުމަށް ފަހު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖެހީމަ އެއިން ލިބޭ ރައްކާތެރިކަން އިތުރުވާ ކަމަށް ފާހަގަ ކުރެވޭކަމަށާ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމަށް ވުރެ އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމުން ލިބޭ ރައްކާތެރިކަން ބޮޑު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

“އެއީ ހަތަރު ހަފްތާއާ އަޅާ ބަލާއިރު، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖެހީމަ އޭގެން ލިބޭ ރައްކާތެރިކަން އިތުރުވާ ކަމަށް ފާހަގަ ކުރެވޭތީވެ،” ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރެއްވި ފަރާތްތަކުން ވެކްސިން ޖެހި ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބޭނީވެސް ދެވަނަ ޑޯޒް ޖެހުމުގެ ދެ ހަފްތާ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާބާދީގެ ބޮޑު ބަޔަކަށް ފުރަތަމަ ޑޯޒްވެސް ނުޖެހި އުޅޭ އިރު އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާތަނަށް 56،218 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top