މަސް ކައްކާ ބަދިގެ ތަކަކީ މަޖިލީހަށްވުރެ މާރަނގަޅަށް ހިނގާ ތަންތަން: އެމްޕީ ސަލީމް

l_2019_06_11_024510_45ov1hndcmtxups6k8zwryj2lqagb7ei9f3_EN_.jpg

އެމްޕީ .އަހުމަދު ސަލީމް --ފޮޓޯ :މަޖިލިސް އިދާރާ

މަޖިލީހަކީ “މަސް ކައްކާ ތަނެއް ނޫން” ކަމަށާ މަޖިލީހަށް ނެތް ބާރުތައް ނަގައިގެން މަޖިލިސް ހިންގަމުން ނުދާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ރައްދު ދެއްވައިފި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން ކަމަށާއި، އެއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާތަން ކަމުގައެވެ. އަދި ދިވެހި ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް ޖަވާބުދާރީ ކުރުވާ ތަނަކީ މަޖިލިސްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހަޅަނީ މަޖިލީހުގެ ގާނޫނާ ގަވާއިދަށް ހުށަހެޅޭ ތަކެތި ކަމަށެވެ.

“މި މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ތަން. މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން. މިއީ ރާއްޖޭގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި ގޭގައި ކުރާ މަސައްކަތް ބަޔާން ކޮށްފައި ވާނެ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ މަސްކައްކާ ބަދިގެ ތަކަކީ މިހާރުގެ މަޖިޖިލީހަށްވުރެ މާ ރަނގަޅު އުސޫލު ތަކަކާ ހަމަތަކެއްގެ މަތިން ހިންގާ ތަންތަން ކަމަށެވެ.

“މަސް ކައްކާ ބަދިގެ ތަކަކީ މިހާރުގެ މަޖިލީހަށްވުރެ މާ ރަނގަޅު އުސޫލުތަކާއި ހަމަތަކެއްގެ މަތިން ހިންގާ ބަދިގެ ތަކެއް،” އެމްޕީ ސަލީމް ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަ ތަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވެސް ވަނީ ރައްދު ދެއްވާފަ އެވެ. އޭނާ  ވިދާޅުވީ މަސްކައްކާ ތަންތަނަކީ ”މާ ބޮޑަށް އުސޫލުތަކާއި ހަމަތައް ހިފެހެއްޓިގެން މަސައްކަތް ކުރާ ތަންތަން ކަން އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން” ކަމަށެވެ.

މަޖިލީހުގެ އޭދަފުށީ ދާއިރާއާއި ކެންދޫ ދާއިރާގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަސް ކައްކާ ތަނަކަށްވުރެ މަޖިލީހުގެ ހާލަތު މާބޮޑަށް ގޯސް ކަމަށާ މަސް ކައްކާ ތަންތަނުގައި ވެސް ގަޔަށް ބޮލަށް ނާރާ ކަމަށެވެ.

“ތަޅާ ފޮޅުމުގެ ބާރު ނެންގެވި ފޮޅުވަތެއް މަޖިލިސްގެ ގަވާއިދުގައި އެބަ އޮތް ތޯ؟” ސައީދު ސުވާލު ކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top