ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރާކަށް ނުޖެހޭނެ : އިސްލާމިކް މިނިސްޓްރީ

DSCN1353.jpg

އޭދަފުށި މަސްޖިދު މުޢީނުންދީން މިސްކިތް- އީވީ ފައިލް ފޮޓޯ

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާއިރު ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަަދު ބުނީ ނަމާދަށް ސަފުހަދާނީ ކޮނޑާއި ކޮނޑު، ފަޔާއި ފައި ޖެހޭނެހެން ކަމަށެވެ.

ކޮވިޑް އާ ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފައި އޮތުމަށްފަހު މިއަދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެންނަމަވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު، އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބަންގިއަށް ފަހު 5 މިނިޓް ތެރޭގައި ގަމަތް ދީ ނަމާދު ފެށުމަށާއި، އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމުގެ އިތުރުން، ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ނަމާދަށް މިސްކިތަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނައުމަށާއި، މިސްކިތަށް އަންނައިރު މުސައްލާ ހިފައިގެން އައުމަށާއި، މިސްކިތައް ވަނުމުގައި އަދި ނިކުތުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށާއި، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުމަށާއި، މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top