ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވިހުރި ފައިސާ ދޭނަން: ރައީސް

338476_72b4342d-a_-2048x1365-1.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން މިއަދު ފެށި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މިހާތަނަށް މަސްވެރިންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމަށް ކަމަށެވެ.

”މިފްކޯ އަށް ލޯނެއް ނަގައިގެން ވިޔަސް، އެ ފައިސާ ވަރަށް އަވަހަށް ހަވާލު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ ވަރަށް ޔަގީން ކަން އެބަ އޮތް ވަރަށް އަވަހަށް މިކަން ހައްލުކޮށްދެވޭނެ ކަަމަށް، ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަވާލު ކުރުމަށް މި މަސައްކަތް ކުރަނީ،”. ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ޖުމްލަ އަދަދު 270 މިލިއަނަށް އަރާ ކަމަށާއި ސަރުކާރާ ހަވާލުވުމަށްފަހު ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަ ދުވަސްތަކެއް ނުވާނެ ފަދަގޮތަކަށް ކަންކަން އިންތިޒާމް ކުރައްވާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top