100 އަށްވުރެ ގިނަކުދިން އޭދަފުށީގައި ޤުރުއާން ހިތުދަސްކުރަން ފަށައިފި

fggh.jpg

އޭދަފުށީ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮފީގެ ކްލާހުގައި މިއަދު ހިތުދަސްކުރުމުގެ ގަޑިއެއް ކުރިޔަށް ދަނީ / ފޮޓޯ: އޭދަފުށީ ކައުންސިލް

ސަތޭކައަށްވުރެ ގިނަ ކުދިން އޭދަފުށީގައި ހުންނަ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފީގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތައް ފަށައިފިއެވެ.

މިއަދު ހެނދުނު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އޭދަފުށީ ގޮފީގައި ފެށުނު މި ކްލާސްތަކުގައި އޭދަފުށީގައި ދިރިއުޅޭ 137 ކުއްޖަކު ބައިވެރިވެފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. މަހަކު ކޮންމެ ކުއްޖެއްގެ އަތުން ސަތޭކަ ރުފިޔާގެ ފީއެއް ނަގައިގެން ހިންގާ މިކްލާސްތަކުގައި ކިޔަވައިދެނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އޭދަފުއްޓަށް ފޮނުއްވާފައިވާ ސޫދާންގެ ޤާރީއެއްކަމަށްވެސް އޭދަފުށީ ކައުންސިލުން ބުނެއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ މިއަދު އޭދަފުށީގައި މިފެށުނު ޤުރުއާން ހިތުދަސް ކްލާހަކީ އޭދަފުށީގެ ދީނީ ތައުލީމްގައި ހުޅުވިގެން ދިޔަ އާސަފްހާއެއްކަމަށާ، މިކަމަށް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

“ވަރަށް ހަރުދަނާ ބިންގަލެއް އެޅިގެން މިދިޔައީ، ދީނީ ތައުލީމްގެ އާ ސަފްހާއެއް މިއަދު މިހުޅުވުނީ. އަޅުގަނޑުމެންގެ ދަރިންގެ ތެރެއިން ގިނަކުދިންތަކެއް ކީރިތި ޤްރުއާން މިމަރުކަޒުގެ ތެރެއިން ހިތުދަސްކޮށްގެން ވަރަށް އަވަހަށް މުޖްތަމައުއަށް ނުކުންނާނެ. އިރާދަކުރެއްވިއްޔާ” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މިކްލާހަށް ފުރުސަތު ހުޅުވާލުމާއެކު ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށާ، އެކަމުގެ ސަބަބުން ސްކޫލްގެ ގަޑިތަކާ ފުށުނާރާ ގޮތަށް ކްލާސްތައް ކުރިޔަށް ގެންދިއުމަށް މިވަގުތު ދަތިތަކާ ދިމާވުން ގާތްކަމަށެވެ. ނަމަވެސް އެކަން ހައްލުކުރެވޭނެކަމަށް ތޮލާލް ވިދާޅުވިއެވެ.

2016 ވަނަ އަހަރު އޭދަފުށީގައި ހުޅުވުނު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އޭދަފުށީ ގޮފީގައި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތައް މިއަދު ފެށުނު އިރު، މިދިޔަ އަހަރުން ފެށިގެން ގާރީ ލެވެލް 1 އަދި 2 ގެ ކޯސްތައްވެސް ފެށިގެން ކުރިޔަށް ގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top