ސަރުކާރަށް އޮތް ތާއީދު ދެއްކުމަށް އޭދަފުށީގައި ސައިކަލް ބުރެއް ބާއްވައިފި

fgh-1.jpg

ސައިކަލް ބުރަށްފަހު ޕީޕީއެމް އޭދަފުށީ ސަޕޯޓަރުންތަކެއް ސްޓޭޖް ސަރަހައްދުގައި ފޮޓޯއަކަށް ހުއްޓިލައިގެން / ފޮޓޯ: އޭދަފުށީ ވޮއިސް

ސަރުކާރަށް އޮތް ތާއީދު ދެއްކުމަށާއި، ރައީސް ޔާމީންގެ ތަރައްޤީއަށް ރައްޔިތުން އާއެކޭ ބުނެފައިވާ ކަން ދެއްކުމުގެ ގޮތުން އޭދަފުށީގައި ސައިކަލް ބުރެއް ބާއްވައިފިއެވެ.

ރަށުގެ ބޮޑެތި މަގުތަކުގައި ހުކުރު ދުވަހު ހަވީރު ބޭއްވި މިހަރަކާތުގައި އެސްޓީއޯގެ އެމްޑީ ޝަހީރުއާއި، އެމްއޭސީއެލްގެ އެމްޑީ އާދިލްވެސް ބައިވެރިވއވަދައިގަތެވެ. މިހަރަކާތް ކުރިއަށް ދިޔައިރު ރައީސް ޔާމީނަށް ތާއީދުކޮށް ކިޔާފައިވާ ލަވަތައް އަޑުގަދަކުރާ އިން ޖަހަމުން ގެންދިޔައެވެ.

ޕިކަޕާއި ސައިކަލް ބޭނުންކޮށްގެން ސަޕޯޓަރުން ބޭއްވި މިހަރަކާތުގައި ބައިވެރިވީ ތިރީހަކަށް ސައިކަލެވެ. މިއީ އޭދަފުށި ކަހަލަ ޕީޕީއެމްގެ ތާއީދު ބޮޑު ރަށަކާ އަޅާބަލާއިރު ފިނި ތަރުހީބެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top