ރައްޔިތުންގެ އަޑު: އޭދަފުށީ ކައުންސިލްގެ އިންޓާނަލް އޮޑިޓް ލަސްވަނީ ކީއްވެ؟

13001064_549274931900273_838408774623228163_n.jpg

ކޮރަޕްޝަން ހުއްޓުވުމަށް މުޅިރާއްޖޭގައި ހިންގި "ނަޒާހާތްތެރިކަމުގެ ވައުދު" ގައި އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްގެ މެމްބަރުން ސޮއިކުރަނީ / ފޮޓޯ: ބ. އަތޮޅު ކައުންސިލް

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ބ. އޭދަފުށީ ކައުންސިލަށެވެ.

ސުވާލު: އޭދަފުށީ ކައުންސިލުން ވޭތުވެދިޔަ 3 އަހަރުގެ އިންޓާނަލް އޯޑިޓެއް ކުރުމަށް ނިންމައި، އެކަން ކޮށްދިނުމަށް ބ. އަތޮޅު ކައުންސިލަށް ހުށައެޅުމަށް ތައްޔާރުވެފައިވާކަމަށް ޖޫން 15 2017 ދުވަހު ވިދާޅުވެފައިވެއެވެ. ނަމަވެސް އެއޮޑިޓާބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި އޮޑިޓް ކުރަން ފެށިކަމެއް ވެސް ނޭނގެއެވެ. އޮޑިޓްކުރަން ފަށައިފިތޯ. ނުފަށާނަމަ ލަސްވަނީ ކީއްވެތޯ؟

ޖަވާބު: ޖޫން މަހު ކައުންސިލްގެ އަޣްލަބިއްޔަތުން ތިޔަކަން ކުރުމަށް ވަނީ ނިންމާފައި. އަދި އޮޑިޓް ކޮށްދިނުމަށް ހަމަ އެމަހު ބ. އަތޮޅު ކައުންސިލްގައިވެސް ވަނީ ދަންނަވާފައި. އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން މިހާތަނަށް އޮޑިޓް މަސައްކަތް ނުފެށި ލަސްވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު އަތޮޅު ކައުންސިލުން އޮޑިޓް ކުރުމަށް މަސައްކަތް ކުރަމުންދާތީ. އެހެންނަމަވެސް މިނިމުނު ހަފްތާގައި ލިބުނު މައުލޫމާތަށް ބަލާއިރު މި ހަފްތާގެތެރޭގައި އެލްޖީއޭގެ ޓީމެއް އޮޑިޓް ފެށުމަށް އޭދަފުއްޓަށް ވަޑައިގަންނަވާނެ. އެހެންވެއްޖެނަމަ އަންނަ ހަފްތާ އޮޑިޓް މަސައްކަތް ފެށޭނެ. އިންޝާﷲ.

ސުވާލު: އޭދަފުށީ ފެރީ ޓާމިނަލް މަސައްކަތް ހުއްޓިފައި ހުންނަތާ ލައްކަ ދުވަސްވެއްޖެ. އާކައުންސިލުން މިމަސައްކަތް ފެށުމަށް އެއްވެސް ތައްޔާރީތަކެއް އެބަވަންތޯ؟ 

ޖަވާބު: އޭދަފުށީ ހުޅަނގު ހުރަސް ވާޓަރު ސަރަހައްދުގައި ފެރީ ޓާމިނަލްއެއް ހެދުމުގެ މަސައްކަތް ކައުންސިލްގެ ވޭތުވެދިޔަ ދައުރު ކޮށްފައިވޭ. އަދި އެކަން ހިނގާފައިވާގޮތެއް ސާފުކުރުމަށް ކައުންސިލްގައި ހުރި ލިޔެކިއުންތައް އަޅުގަނޑު މިދަނީ ދިރާސާ ކުރަމުން. މިހާާތަނަށް ބެލި ބެލުމުން އަޅުގަނޑަށް ފާހަގަކުރެވުނީ އެމަސައްކަތް އިތުރަށް ކުރިޔަށް ގެންދާނީތޯ، ނުވަތަ އިތުރު ބަދަލެއް ގެންނާނީތޯ އެކަން ނިންމަން ފަސޭހަވާނީ އިންޓާނަލް އޮޑިޓަށްފަހު. އެހެންވީމާ، އެމަސައްކަތް މިވަގުތު އެއްވެސް ވަރަކަށް ކުރިޔަކަށް ނުދޭ

ޖަވާބުދެއްވީ: އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން

“ރައްޔިތުންގެ އަޑު” މި ކޮލަމަށް ސުވާލެއް ފޮނުއްވަން ބޭނުންފުޅުނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top