އެސްޓީއޯގެ ”ކުޑަކުދިންގެ އުފާ” މާދަމާ

sto.jpg

އެސްޓީއޯ އޭދަފުށީ ފިހާރަ - ފޮޓޯ :އީވީ

އެސްޓީއޯ އޭދަފުށި ފިހާރައިގެ ފަރާތުން މާދަމާ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

އޭދަފުށީގެ ސްޓޭޖް ސަރަހައްދުގައި “ކުޑަކުދިންގެ އުފާ ” ގެ ނަމުގައި ބާއްވާ މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ކުޅިވަރުތަކާއި ގިނަ މަޖާކަންތައްތަކެއްގެ އިތުރުން ބޮޑުބެރުގެ ލައިވް ޝޯއެއްވެސް ލައިވްކޮށް ހިނގަމުން ދާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މާދަމާ އޮންނަ “ކުޑަކުދިންގެ އުފާ ” ގެ ޕޯސްޓަރެއް

މީގެ އިތުރުން މި ހަވީރުގައި އެސްޓީއޯއިން ވިއްކަމުން ގެންދާ ބައެއް ކާއެއްޗެތީގެ ރަހަ ދައްކާލުންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

އެސްޓީއޯ ހެޑްއޮފީހުގެ ފަރާތުން މިއަދު ހަވީރުވަނީ މާލޭގައިވެސް މިކަހަލަ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top