އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު

img_md_202309030418281693739908.941.jpg

ރައީސް އޮފީސް/ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ވާނޭކަމަށް ރައީސް އޮފީހުން އިއުލާން ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސަރުކާރު ބަންދު ކުރަން ޖެހުނު ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

”2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެންބަރު 2022 ގައި ނެރުއްވި ދެންނެވުމުގައި، މި ސެޕްޓެންބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަސް ހިމަނުއްވައިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.“ ރައީސް އޮފީހުގެ ދެންނެވުމުގައިވެއެވެ.

ރައީސް އޮފީހުން ވަނީ މި ޖަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓާ ގުޅިގެން ޖެހިގެން އައި ސެޕްޓެމްބަރު 10، 11 ވެސް ބަންދުކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top