ރޯޔަލް އައިލެންޑް ރިސޯޓުން ބ.އަތޮޅު ސްކޫލްތަކުގައި އިމަޖެންސީ ފަސްޓް ރެސްޕޮންސް ޓްރޭނިން ހިންގަނީ

viber_image_2023-01-26_10-49-09-109.jpg

ބ. އަތޮޅު ހޮރުބަދޫގައި ހިންގަމުން ގެންދާ ރޯޔަލް އައިލެންޑް ރިސޯޓުން ބ.އަތޮޅުގެ ސްކޫލް ތަކުގައި އިމަޖެންސީ ފަސްޓް ރެސްޕޮންސް ޓްރޭނިން ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

މިއީ އެ ރިސޯޓްގެ ސީއެސްއާރު އިނީޝިއޭޓިވް ގެ ދަށުން ބ. އަތޮޅު ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އިމަޖެންސީ ފަސްޓް ރެސްޕޮންސް ޕްރައިމަރީ އެންޑް ސެކަންޑަރީ ސެޓްފިކެޓް ޓްރޭނިން ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ފުރަތަމަ ބުރުގައި މި ކޯސް ފުރިހަމަ ކުރާނީ ދަރަވަންދޫ، ދޮންފަނު އަދި ކިހާދޫ ސްކޫލްގެ ބައިވެރިންނެވެ.

އިމަޖެންސީ ފަސްޓް ރެސްޕޮންސް ޕްރައިމަރީ އަދި ސެކަންޑަރީ ކެއާ ޓްރެއިނިން ގައި ފުރާނައަށް ނުރައްކާވާ ފަދަ ކުއްލި ޙާލަތެއް މެދުވެރިވެއްޖެހާލަތެއްގައި އަދި ކުއްލި ހާލަތްތަކުގައި ފަސްޓް އެއިޑް ދިނުމާއި، އެކި ކަހަލަ ޒަޚަމްތަކާއި ކުއްލި ފަރުވާދިނުމާއި އަދި އޭގެ ބައިތައް ޕްރެކްޓިސް ކުރުން ހިމެނެއެވެ.

ސެޓިފައިޑް އިމަޖެންސީ ފަސްޓް ރެސްޕޮންސް އިންސްޓްރަކްޓަރުން މިކޯހުގައި ކިޔަވަދޭއިރު، އަދި މި ކޯސް ފުރިހަމަކުރާ ފަރާތްކަށް ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ އިމަޖެންސީ ފަސްޓް ރެސްޕޮންސް ޕްރައިމަރީ އަދި ސެކަންޑަރީ ކެއަރ ޓްރެއިނިންގް ސެޓްފިކެޓް ލިބޭނެކަމަށް ރޯޔަލް އައިލެންޑް ރިސޯޓުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top