357 ރަށެއްގައި ފުލެޓު އަޅައި ނިމިއްޖެ: ރައީސް

FnaoD12aEAAavPL-750x375-1.jpg

357 ރަށުގައި ފްލެޓް އަޅައި ނިމިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”މާލެ ސަރަހައްދުގައި 7000 އަށްވުރެ ގިނަ ފުލެޓު އަދި ގޯތި ދިނުމުގެ މަޝްރޫއު އެދަނީ ކުރިއަށް. މިހާތަނަށް 357 ރަށެއްގައި ފުލެޓު އަޅައި ނިމިއްޖެ. ހަވާލުކުރެވިއްޖެ.“

އެމަނިކުފާނު މިހެން ވިދާޅުވިއިރު ރާއްޖޭގައި އޮންނަނީ މީހުން ދިރިއުޅޭ 187 ރަށެވެ.

ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަޙީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވަނީ ”ކުޑަ ރަށް, ބޮޑު ރަށް ތަފާތު ނުކުރާހެން“ މިހާ ގިނަ ރަށެއްގައި ފުލެޓު އަޅައި ނިންމައިލީ މަހަލްދީބެއް، ލަކުޑިދީބެއް ވެސް ތަފާތު ނުކޮށްތޯ ސުވާލު ކުރައްވައިފައެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ”މިއީ ލަދުވެތި ކަމެއް“ ކަމަށެވެ.

”އެކަމަކު އެއަށްވުރެން ކަންބޮޑުވަނީ 2018 ގެ ވަޢުދުތައް 2023 އަށް އަލުން އަނެއްކާ ތަކުރާރު ކުރުން ފިޔަވައި އެހެން ފޯމިއުލާއެއް ނެތީމަ.“

”މި ރަށްރަށާ ރައްޔިތުންނަށް އެއްވެސް އާ ތަސައްވަރެއް، އާ ސިޔާސަތެއް ނެތީމާ.“ އީވާ ވިދާޅުވިއެވެ.“

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top