މި އަހަރުގެ އޯ ލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.
މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައި ވަނީ އޭޕްރީލް 07، 2025ގައެވެ.
މި އަހަރުގެ ކެމްބްރިޖް އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި 8،362 ދަރިވަރުން ބައިވެރިވެ އެވެ. ކެމްބްރިޖް އިމްތިޙާނުގައި 7،666 ދަރިވަރުން ބައިވެރިވާ އިރު އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7،519 ދަރިވަރުން ބައިވެރިވެ އެވެ.
އޯ ލެވެލް އިމްތިޙާނު މިއަދު ފެށި މި އިމްތިހާނަށް ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުް ދުރާލައި ވަރަށް ބޮޑަށް ތައްތާރުވި އެވެ. އެގޮތުން ބައެއް ސްކޫލްތަކުން، ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ސްޓަޑީ ކޭމްޕްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޯ ލެވެލް އިމްތިހާނު 260 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ދާނެ ކަމަށެވެ. އެއީ މާލެ ސަރަހައްދުގެ 23 ސެންޓަރަކާއި، ރާއްޖެތެރޭގެ 237 ސެންޓަރެކެވެ.