ރާއްޖޭގެ އިންފްލޭޝަން މައްޗަށް!

big_DsoYY2dCGdyZDXE186AhaueJ2.jpg

ރާއްޖޭގެ އިންފްލޭޝަން ރޭޓް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 0.02 އިންސައްތަ އުފުލިފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ހާމަކޮށްފިއެވެ.

ސީޕީއައި ގައިވާ ގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 0.07- އިންސައްތަ އެވެ. ނޮވެމްބަރު މަހު އެއަދަދު ހުރީ 0.12 އިންސައްތައިގައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2020ގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 0.02 އިންސައްތަ އުފުލިފައެވެ. އަދި 2020ގެ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅައި ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 0.13 އިން ސައްތަ މައްޗަށް އުފުލިފައެވެ.

ޑިސެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވަނީ މޯބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިންނާއި މަހުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތަކާއި ލެބޯޓަރީ ޓެސްޓުތަކާއި ފައިވާނާއި ބޫޓުގެ އިތުރުން އިންޓަނެޓުގެ ހިދުމަތުގެ ބައިންނެވެ.

ޑިސެމްބަރު މަހު އަގުތައް އުފުލިފައިވަނީ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ބައިންނާއި ކުލީގެ އަގުތަކާއި ބޭހުގެ ބާވަތްތަކާއި ދުފުމަށް ބޭނުންކުރާ ބާވަތްތަކުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކާބޯތަކެތީގެ އިންފްލޭޝަން ވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާ ބަލާއިރު މިދިޔަ ޑިސެންބަރު މަހު 2.27 އިންސައްތަ އުފުލިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top