ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އަންނަ މަހުގެ 19ގައި

14721483_1247104458697940_8050395869699723399_n.jpg

ފޮޓޯކްރެޑިޓް ؛ކަމަދޫ މޯލްޑިވްސް ފޭސްބުކް

ބ.ކަމަދޫ ކައުންސިލްގެ ނައިބު ރައީސް ކަމުގައި ހުންނެވި އަލީ މައުސޫމް ކައުންސިލަރު ކަމުގެ ހުވާކުރެއްވިތާ ހަފްތާއެއްވެސް ނުވަނީސް އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ކައުންސިލްގެ ގޮޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 19 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮސްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ބޭފުޅުންނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށެވެ.

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލާފައިވާއިރު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވެސް މިއަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top