ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު އެނގިވަޑައިނުގަތުމަކީ ލަދުވެތި ކަމެއެ: އެމްޕީ. އަލީ

ali-hussain.jpg

ކެންދޫ ދާއިރާގެ މެންބަރު ، އަލީ ހުސެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ރާއްޖޭގެ ޚާރިޖީީ ވަޒީރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު އެނގިވަޑައިނުގަތުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަލީހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ މިފަދައިން ވިދާޅުވީ މިނިސްޓަރު ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ދިވެހިރާއްޖޭގައި 250 ރަށުގައި ފެނާ ނަރުދަމާގެ މަސައްކަތް ހިނގަމުން ދާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝާހިދު މިހެން ވިދާޅުވި ނަމަވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައެވެ. އަދި އެ 187 ރަށުގެ ތެރެއިންވެސް ގިނަ ރަށްތަކުގައި ނަރުދަމާގެ ނިޒާމު މި ސަރުކާރު އައިއިރުވެސް އޮތީ ގާއިމް ކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހުވެސް ވަނީ ރާއްޖޭގެ 357 ރަށެއްގައި ފުލެޓު އަޅައި ނިމިއްޖެ ކަމުގައި ވިދާޅުވެފައެވެ.

”މިހާތަނަށް 357 ރަށެއްގައި ފުލެޓު އަޅައި ނިމިއްޖެ. ހަވާލުކުރެވިއްޖެ.“

އެކަމަކު ރާއްޖޭގެ އެންމެ ރަށެއްގައި ނޫނީ މި ސަރުކާރަށް އަދި ގެދޮރުވެރި ކަމުގެ އެއްވެސް މަޝްރޫއެއް ނުނިންމެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top