ދެވަނަ ލެގުންވެސް އޭދަފުށި ބަލިވެއްޖެ

329822246_1526479241207776_6009071791405348552_n.jpg

މެޗުގެ ތެރެއިން.... ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ދޭއްގެ ފައިނަލުގެ ދެވަނަ ލެގުންވެސް އޭދަފުށި ބަލިކޮށް އިނގުރައިދޫން ޗެމްޕިއަންކަން ހޯދައިފި އެވެ. 

ފުރަތަމަ ލެގުގެ މެޗުވެސް ކާމިޔާބުކޮށްފައި އޮތް އިނގުރައިދޫން ރޭގެ މެޗު ދެ ގޯލުގެ ތަފާތަކުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ، އެގްރިގޭޓް 5-1 ގެ ނަތީޖާއަޖުންނެވެ.

މިއަހަރުގެ މުބާާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އަތޮޅު ޗެމްޕިއަންކަން ހޯދާފައިވާ އިނގުރައިދޫ ޓީމުން ރޭގެ މެޗުގައިވެސް ފެނުނީ އޭދަފުއްޓަށް ވުރެ ވަރުގަދަކޮށެވެ.

ރޭ ކުޅުނު ދެވަނަ ލެގްގެ މެޗްގައި އެންމެ ފުރަތަމަ ވެސް ގޯލް ޖަހައި ކުރި ހޯދީ އިނގުރައިދޫންނެވެ. އެގޯލް ޖަހައިދިނީ އިނގުރައިދޫގެ މަމްދޫހެވެ. އިނގުރައިދޫގެ ދެވަނަ ގޯލަކީ މެޗު ނިމެންދަނިކޮށް އޭދަފުށީ ކީޕަރު ހާފުގެ ކުރިއަށް އަރާ ހުއްޓާ ފަސޭހަކަމާއެކު އިނގުރައިދޫ ޓީމްގެ އައިހަމް ކާމިޔާބު ކޮށްދިން ގޯލެކެވެ.
މެޗު ނިމިގެން ދިޔައީ 2 – 0 ގެ ނަތީޖާއިންނެވެ.
ޒޯން ބުރުގައި އޭދަފުއްޓާއި އިނގުރައިދޫ އެންމެ ފުރަތަމަ ބައްދަލުކުރީ މިދިޔަމަހު 27 ގައެވެ. އެ މެޗު އިނގުރައިދޫއިން ކާމިޔާބު ކުރީ 3–1 އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top