މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައިދޭ އަގު ބޮޑުކޮށްފި

ID-card-nusaaf.jpg

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކާޑެއް ހައްދައިދޭ އަގު ބޮޑުކޮށްފިއެވެ.

މީގެ ކުރިން މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައިދެނީ 50 ރުފިޔާ އަށެވެ.

އިއްޔެ ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ކުރި އިއުލާންއެއްގައި ބުނީ މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައިދޭ އަގު އިއްޔެއިން ފެށިގެން އަގު ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން އިއްޔެއިން ފެށިގެން މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދާނަމަ 150 ރުފިޔާގެ ފީއެއް ނަގަން ވަނީ ކަނޑައަޅައިފައެވެ.

މިއީ މިހާރު ކާޑު އާކުރަން ވެސް ނަގާ އަދަދެވެ. ކާޑު ގެއްލިގެން އަލުން ހައްދާނަމަ 250 ރުފިޔާ ނަގައެވެ.

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހެއްދުމަކީ އާއްމުކޮށް މީހުން ހޯދާ ޚިދުމަތެކެވެ.

އެޑްރެސް ބަދަލުވުމާއި، ނަން ބަދަލުވެގެން ވެސް ގިނަ ބަޔަކު އާ އައިޑީ ކާޑެއް ހައްދައެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް ވެސް މައުލޫމާތު ބަދަލުވެގެން އާ ކާޑު ހައްދަން ހުށަހަޅައެވެ.

މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދާ އަގު ބޮޑުކުރި ސަބަބެއް ޑީއެންއާރް އިން ހާމަ ކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top