ކާބޯތަކެތީގެ އަގު %7އަށް އުފުލިއްޖެ

ކހކ.jpg

ރާއްޖޭގައި ކާބޯތަކެތީގެ އަގު ހަތް ޕަސެންޓަށް އުފުލިއްޖެ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ކާބޯތަކެތީގެ އަގު ވަނީ 7.82 ޕަސެންޓަށް އިތުރުވެފަ އެވެ.

ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 1.9 އިންސައްތައިގައެވެ. ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ކާބޯތަކެތީގެ އަގު ވަނީ 7.82 އިންސައްތައަށް އިތުރުވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 75 އިންސައްތައިގެ ބޮޑުވުމެކެވެ.

ކާބޯތަކެތީގެ އަގު ބޮޑުވި އިރު މަހުން މަހަށް ވެސް ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާ އިރު މި ޖެނުއަރީ މަހު ވަނީ ތަކެތީގެ އަގު 0.96 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރު އެއް މަހުން އިންފްލޭޝަން އެންމެ ބޮޑަށް އިތުރުވި މަހެވެ.

އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ވަނީ 3.99 ޕަސެންޓަށް އަރައިފަ އެވެ. މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ތަކެތީގެ އަގު އެހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައި ވަނީ ކެފޭ އާއި ރެސްޓޯރެންޓްތަކުގެ އަގުތަކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ ޖެނުއަރީ މަހު ކެފޭ/ރެސްޓޯރެންޓްތަކުން ވިއްކާ ތަކެތީގެ އަގު ވަނީ 4.3 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ.

ތަކެތީގެ އަގު އުފުލުނު އިރު މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީގެ އަގު ވަނީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top