މިހިންލަންކާގެ ދަތުރުތައް މާލެއާކޮލަމްބޯއާދެމެދު އަލުންފަށަނީ

20-copy.jpg

މާލީ ދަތިތަކެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް މެދުކަނޑާލުމަށްފަހު ސްރީލަންކާ ސަރުކާރުގެ މިހިންއެއަރގެ ސީދާދަތުރުތައް މާލެއާ ކޮލަމްބޯއާ ދެމެދު އަލުން ފެށުމަށް ނިންމައިފިއެވެ.

މިހިންލަންކާއިން ރާއްޖެއަށްކުރާ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12އިން ފެށިގެންނެވެ. މި ގޮތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އަންގާރަ، ބުރާސްފަތި މި ތިންދުވަހު ކޮލަމްބޯއާއި މާލެއާދެމެދު ދަތުރުތައް ބާއްވާނެ ކަމުގައި މިހިން ލަންކާއިން ބުނެއެވެ.

އެއެއަރލައިނުން ބުނީ މާލެއާއި ކޮލަމްބޯއާ ދެމެދުގެ ދެކޮޅުޓިކެޓެއްގެ އެންމެ ކުޑައަގަކީ 143 ޑޮލަރކަމުގައެވެ. ބިޒިނަސްކްލާހުގައި ދަތުރުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް 172 ޑޮލަރަށް ދެކޮޅުޓިކެޓް  ލިބޭނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top