އޭދަފުށި ވޮއިސްގެ އިޚްލާސްތެރި ތައުޒިޔާ

viber_image_2019-11-11_21-14-49-1.jpg

އަލްމަރްޙޫމް އިބްރާހީމް ސަމީރު (1955-2019)

ސަރުކާރަށާއި އޭދަފުއްޓަށް ގިނަ ދުވަސްތަކަކު ޚިދުމަތް ކުރައްވާފައިވާ ބ.އޭދަފުށީ ގުލްއަލާމާގޭ އިބްރާހީމް ސަމީރު (ހ.ފުންވިލު) އުމުރުން 64 އ. ގައި ނިޔާވެއްޖެއެވެ. ސަމީރު ނިޔާވެފައިވަނީ ކެންސަރު ބަލީގައި ބަލިވެ އުޅުއްވުމަށްފަހު ރޭ 1:59 ގައި އޭޑީކޭ ހޮސްޕިޓަލުގައެވެ.

އިބްރާހީމް ސަމީރަކީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ މިހާރުވެސް މަސްއޫލު މެންބަރެކެވެ. އޭގެ އިތުރުން އޭނާ ވަނީ އެޖަމިއްޔާއަށް 30އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. ހަމައެއާއެކު ސަރުކާރުގެ އެކިދާއިރާގައި ޕޮލިސީ ލެވެލްގައި 30އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އަމިއްލަފުޅަށް ރިޓަޔަރ ވެފައެވެ

ސަމީރު ނިޔާ ވީއިރު އަބކަނބަލަކާއި 4 ދަރިންގެ އތުރުން ކާފަ ދަރިން އެބަތިއްބެވިއެވެ.

ސަމީރުގެ ޖަނާޒާގެ ކަންކަން މިހާރު އާސަހަރާގައި އަދާކުރެވެމުން ދާއިރު މަރުހޫމުގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހު މާލޭގެ (މަސްޖިދުތައާވުން) އާސަހަރާ މިސްކިތުގައެވެ. މިކަށު ނަމާދުގެއި ބައިވެރި ވުމަކީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

ސަމީރު ނިޔާވުމުގެ ފުން ހިތާމަ އެއާއިލާއިން ކުރަމުން ދާއިރު އެކަމުގައި އީވީ ބައިވެރިވެ ތައުޒިޔާ އަދާކުރަމެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top