ކޮވިޑް ކަންތައް ރޯދަމަހާއެކު ނިމިގެން ދާނެ. – ޑރ.ހަސަން ހަމީދު

untitled-2-696x464.png

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ބަލިމަޑުކަން ރޯދަ މަހާ އެކީ ނިމިގެންދާނެ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ހަމީދު ވިދާޅުވީ، މި ބަލިމަޑުކަމާ މެދު ނާއުއްމީދީ ގޮތަކަށް ނުދެކުމަށެވެ.

ކޮވިޑް19 ގެ ބަލިމަޑުކަން ވަރަށް ދިގުލައި ހިނގައިދާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތްނަމަވެސް ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތަށް ބަލައިފިނަމަ މިކަން އެންމެ ކާމިޔާބު ކޮށް ކޮންޓްރޯލް ކުރި ނިއުޒިލޭންޑުގައި ހޯމަ ދުވަހު ވަނީ ޔުނީފޯމުގައި ހުރިހާ ކުދިން އަނބުރާ ސްކޫލަށް ގޮސްފައިކަމަށް ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.

“ނިއުޒޭލެންޑުން ލޮކްޑައުން ގައި ހޭދަ ކުރީ 49 ދުވަސް…އަޅުގަނޑުމެން ލޮކްޑައުން މިކުރީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، އެހެން ވީމާ އެންމެ އަވަހަށް އަޅުގަނޑުމެންނަށް މިކަމުން އަރައި ގަނެވޭނެ ކަމަށް ލަފާ ކުރެވޭ ޖޫން މަހުގެ 3 ވަނަ ދުވަހު.” ޑރ. ހަސަން ހަމީދު ވިދާޅުވިއެވެ.

އިޓަލީގެ މިސާލުވެސް އޭނާ ވަނީ ނެންގެވި އެވެ. އެގޮތުން ބަލީގެ އަސަރު އެންމެ ބޮޑަށް ކުރި އިޓަލީވިލާތް އެކަމަށް ހޭދަކުރީ 76 ދުވަސް ކަން ފާހަގަކުރެއްވިއެވެ.

އެއާއެކު ރާއްޖެއިން ވެސް ޖުލައި މަހުގެ 1އާ ހަމައިން މިކަމުން ސަލާމަތް ވެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ޑރ.ހަސަން ވިދާޅުވިއެވެ.

ޑރ. ހަސަން ވިދާޅުވީ މިކަން އަހަރަކަށް، ދެ އަހަރަށް ދެމިގެންދާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު އޭގެ އެއްވެސް ދަލީލެއް ދެއްކެން ނެތް ކަމަށެވެ.

“އެކަމަކު ދުނިޔޭގެ އެތައް ގައުމަކުން ހަމަ، ފަހަރަކު ގައުމެއް އޯޕަންއަޕް ކުރަމުން އެދަނީ، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. “

ޑރ. ހަސަން ވިދާޅުވީ ކޮވިޑް 19ގައި ބުނެފައިވާ ޕީކް ނުފެންނަނީ، ރާއްޖޭގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅު ތަކުގެ ހަރުދަނާ ކަމުން ކަމަށެވެ

“އިނގިރޭސި ވިލާތުގައި ހެނދުނު އެކްސަސައިޒް ކުރަންވެސް ނުކުމެބޭ، ރާއްޖޭގައި ނުނިކުމެވޭނެ އެހާވެސް ހަރުދަނާ،” ޑރ. ހަސަން ވިދާޅުވިއެވެ.

ޑރ. ހަސަން ހަމީދު ވިދާޅުވީ، ރާއްޖޭގައި ބަލީގެ ޕީކް މާޒީވެ ހިނގައްޖެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top