ކިހާދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަން ފަށައިފި

swim1.jpg

ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގެ ފުރަތަމަސެޝަން - ފޮޓޯ ޕޮލިސް

“ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް ” މި ޝިއާރުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކިހާދޫ ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް މިއަދު ކިހާދުގައި ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ބ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ  ރާއްޖެ އަކީ އުފެދިފައިވާގޮތުން ވަށައިގެން ކަނޑު އޮންނަ ގައުމަކަށްވީތީ ކޮންމެ ކުއްޖަކީ އެ ކުއްޖެއްގެ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ފަތަން އެނގެންޖެހޭ ކުއްޖެއްކަމުގައި ވުމަށް އަޒުމް ކަނޑައެޅުމަށާއި ހަރުދަނާ ޤާބިލް ކުއްޖަކަށް ވުމަށްޓަކައި ކަންތައްތަކެއް އުނގެނެންވެސް ޖެހޭނެ ކަމަށެވެ.

“އެވްރި ޗައިލްޑް ސްވިމްސް” ނަމުގައި ފެށި މި ޕްރޮގްރާމުގެ ބޭނުމަކީ ފަތަން ނޭގޭ ކުދިންނަށް ފަތަން ދަސްކޮށްދިނުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކިހާދޫ ސްކޫލުގެ  83 ދަރިވަރުން ބައިވެރިވެ އެވެ.

ކިހާދޫސްކޫލުގެ ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ  އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސްވިމިން އިންސްޓްރަކްޓަރެކެވެ.

ފުލުހުންގެ ފަރާތުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށްވެސް ވަނީ ފަތަން ދަސްކޮށްދީފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top