ފޮޓޯއިން ޚަބަރު: އޭދަފުށީ ކުނިކޮށީގައި ކުނިގިނަވުން

5.jpg

އޭދަފުށީ ކުނިކޮއްޓަށް ޖަމާވަމުންދާ ފަނާނުވާ ޒާތުގެ ކުނިބުނިތައް. މިކުނިތައް ތިލަފުއްޓަށް ބޭރުކުރުމަކީ މުހިއްމުކަމެއްކަމަށް ބ. އަތޮިޅު ހޮސްޕިޓަލުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ ފޮޓޯގްރަފީ

ބ. އޭދަފުށި (11 އޭޕްރީލް 2017) :- ބ. އޭދަފުށީގެ ކުނިކޮއްޓަށް ޖަމާކުރެވޭ ނައްތާނުލެވޭ ޒާތުގެ ކުނިބުނި އިތުރުވެ، އެތަކެތި ތިލަފުއްޓަށް އުކާނުލެވި ހުންނަތާ ގިނަދުވަސްތަކެއް ވެއްޖެއެވެ.

އީވީގެ ޓީމްގޮސްބެލި ބެލުންތަކުން ކުނިކޮށީގެ ބޭރުން ހަލާކުވެފައިވާ ބާ ދަނގަޑުގެ ފުންޏެއް އުސްވަމުންދާ މަންޒަރު ފެނުނެވެ. މިފަދަ ގޮތަކަށް މީގެ ކުރިންވެސް ރަށުގެ 2 ސަރަހައްދެއްގައި ކުނި ޖަމާވެ، ބޮޑެތި މައްސަލަތަކެއް ކުރިމަތިވިއެވެ. ބ. އަތޮޅު ހޮސްޕިޓަލުން މިދިޔަ ހަފްތާގައި ބުނެފައިވަނީ އޭދަފުށީގެ އެކި ސަރަހައްދުތައް އާންމު ސާފުތާހިރުކަން ދަށްވެފައިވާތީ، އެކަން ހައްލުކޮށްދެއްވުމަށް ރަށު ކައުންސިލްގައި އެދެމުންދާކަމަށެވެ. އެގޮތުން ގަބުރުސްތާނާއި، ކުނިކޮށީގައި ޖަމާވެފައިވާ ހަލާކުނުވާޒާތުގެ ކުނިބުނީގެ ފުނިވަރު ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މިހަފްތާގެ ފޮޓޯއިން ޚަބަރުގައި މިގެނެސްދެނީ އޭދަފުށީ ކުނިކޮށީގެ ސަރަހައްދަށް ޖަމާވަމުންދާ ކުނިތަކުގެ ފޮޓޯއެވެ. އީވީ ފޮޓޯތައް: ޕްރިންސް ނަވާ ފޮޓޯގްރަފީ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top