ޕީއެސްއެމް އިން މަޖިލީހުގެ ލައިވް ހުއްޓާލުމުން އަލީ ހުސެން ފާޑުވިދާޅުވެއްޖެ

medium_152878.jpg

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ ލައިވް ޖަލްސާތައް ދެއްކުން ޕީއެސްއެމްއިން ދެއްކުން ހުއްޓާލުމއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން، ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ޕްރޮޕެގެންޑާ ހިންގާ މެޝިންތަކެއްގެ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ޕީއެސްއެމް ހިންގައިގެން ނުވާނެ ކަމަށާއި އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

“ރައްޔިތުންގެ ފައިސާއިން ޚަރަދު ކޮށްގެން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަކީ ރަނގަޅު ކަމެއްނޫން” އަލީ ހުސެއިން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ޕީއެސްއެމްއިން މަޖިލިސް ދެއްކުން ހުއްޓާލީ ދަ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ތަޅުމުގައި ސަރުކާރާއި ދެކޮޅަށް ވާހަކަދައްކާތީއެވެ.

އެކަމަކު ފާޑު ކިޔުންތައް އަމާޒުވާން ފެށުމުން އެންމެ ފަހުން މިހާރު ވަނީ އެނިންމުން ބަދަލު ކޮށްފައެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު ވިދާޅުވީ، މަޖިލީސް ލައިވްކޮށް ނުދައްކާފައި ވަނީ މިއަދު ކަމަށެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް، މިއަދަކީ މަޖިލީސް އޮންނަ ދުވަހެއް ނޫނެެވެ. ޕީއެސްއެމް އިން ލައިވްކޮށް މަޖިލީސް ޖަލްސާތައް ވަގުތުން ދެއްކުން އިއްޔެ ހުއްޓާލައި މަޖިލިސް އޮތް ގަޑިތަކުގައި އެ ޗެނަލުން ގެނެސްދިނީ ކުރިން ދައްކާފައި ހުރި ބައެއް ޕްރޮގްރާމްތަކެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން މެދުކަނޑާލަން ނިންމީ ޖަލްސާތަކުގެ ބަހުސްތައް ހޫނުވެ، ބޭނުންކުރާ ބަސްތަކުގެ ގޮތުން ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރަށް ވުރެ ވެސް މާ ހޫނުވެގެން ދިޔަ އިރު މީގެ ކުރިން ވެސް ލައިވް ކުރަމުން ގެންދިޔަ އެވެ. އަދި ބައެއް އެހެން ޗެނަލްތަކުން ކުޑަ ޑިލޭއަކާ ވެސް މަޖިލިސް ލައިވް ކުރަމުން ގެންދިޔަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top