ބެޓާ އިން ބާ: އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ގޮއިދުއަށް

big_chtOJIN2PorDS1tAg9ER6yYrc.jpeg

"ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމު ގޮއިދޫ--ފޮޓޯ :ބ.އަތޮޅު ކައުންސިލް

ބ. އަތޮޅު ކައުންސިލުން ދަރަވަންދޫގައި ކުރިއަށް ގެންދިޔަ “ބެޓާ އިން ބާ” ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޜަންގެ ޗެމްޕިއަން ކަން ބ.ގޮއިދޫ ހޯދައިފިއެވެ.

ގޮއިދޫން ޗެމްޕިއަންކަން ހޯދީ ރޭ ފައިނަލުގައި ދަރަވަންދޫއާ ވާދަކޮށް 9-0 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ގޮއިދޫ ޓީމަށް ލަނޑުތައް ޖަހައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުމުގެ އިތުރުން ގޮއިދުއަށް ދެ ހެޓްރިކް ހަދައިދިން މައިޝާ އަބްދުލް ހަންނާނާއި، ފިރުޝާނާ ނަސީރު އަދި ޝާނިޔާ އަހުމަދު ނިޒާމެވެ.

މި މެޗު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވާފައިވަނީ ގޮއިދޫގެ މައިޝާ އަބްދުލް ހަންނާނާއި، އެ ޓީމުގެ ފިރުޝާނާ ނަސީރާއި، މާޅޮހުގެ ރަފާ އަހުމަދާއި ދަރަވަންދޫގެ އާމިނަތު މައިހާގެ އިތުރުން އެ ޓީމުގެ ގޯލްކީޕަރު ސަޖުވާ އިބްރާޙީމް ވަހީދެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ހިތާދޫ ޓީމުގެ ސިޔާދާ އުސްމާނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބ.އަތޮޅު ކައުންސިލުން ކަނޑައަޅަފައިވާ ބައިލައްކަ ރުފިޔާ އާއި ރަނައަޕް ޓީމަށް ކަނޑައަޅާފައިވާ ފަންސަވީސް ހާސް އިނާމުގެ އިތުރުން މެޑެލް އާއި ޓްރޮފީ ހަވާލު ކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top