ކަމަދޫ ބަނދަރު މަރާމާތުކުރަން އެމްޓީސީސީ އަށް

IMG_8964.jpg

ކަމަދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ބ. ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ 47 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ކަމަދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ބަނދަރު 25،404 ކިއުބިކް މީޓަރަށް ފުންކުރުމާއި ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ. އަދި 11 އަކަމީޓަރުގެ ރޭމްޕެއް ހެދުމާއި 1730 އަކަމީޓަރުގެ ޕޭވްމަންޓު ހެދުމާއި 17 މަގުބައްތި ހެދުމާއި ދެ ނެރުބައްތި ހަރުކުރުންވެސް މަޝްރޫއުގައި ހިމެނެއެވެ.

މި މަސައްކަތް ނިންމުމަށް ދީފައިވަނީ 400 ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top