އެޗްއެސްސީ އިމްތިހާނު ފަށައިފި

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

އެއް ހާހަށް ވުރެ ގިނަ ދަރިވަރުންނާއެކު އެޗްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

އެޗްއެސްސީ އިމްތިހާނަކީ މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ދޭ އިމްތިހާނެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފަހަރުގެ އެޗްއެސްސީ އިމްތިހާނުގައި ޖުމްލަ 1331 ދަރިވަރުން ބައިވެރިވާ ކަމަށާއި، މިއަދުން ފެށިގެން 17 ޖޫން ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އޭގެ ތެރޭގައި މާލޭ ސަރަހައްދުން ހަ ސެންޓަރަކުން 878 ދަރިވަރުންނާއި، އަތޮޅުތަކުން 33 ސެންޓަރަކުން 453 ދަރިވަރުން އިމްތިހާނުގައި ބައިވެރިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެސްއެސްސީ އިމްތިހާނު މިއަދު ފަށާފައިވާއިރު، އޭ އޭލެވެލް ޕޭޕަރުތަކެއް ލީކުވުމާ ގުޅިގެން އެޑިއުކޭޝަނުން ވަނީ މެއި ޖޫން ގެ އިމްތިހާނު އަންނަ އޮކްޓޯބަރު މަހަށް ފަސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top