ފުރާވަރަށް އެޅޭ ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދޭން ޖެހޭ! – މެޑަމް ފަޒްނާ

9JlJ5uS3D8ftxzhaodNHFODhefHF5PVM0gyluECv.jpeg

މެޑަމް ފަޒްނާ

ފުރާވަރަށް އެޅެމުން އަންނަ ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ކުދިންގެ އުމުރާ ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުވުމަކީ މުހިއްމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ފަޒްނާ މި މޭރުމުން ވާހަކަ ދެއްކެވީ “މެންސްޓްރުއަލް ހެލްތު ޑޭ” ފާހަގަ ކުރުމަށް ރޭ ބޭއްވި ވެބިނާއެއްގައި “މެންސްޓްރުއަލް ހެލްތު އެޑިޔުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް”އާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ވިދާޅުވީ، ފުރާވަރަށް އެލެމުން އަންނަ ކުދިން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން ދެ ޖިންސުގެ ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްހަ މައުލޫމާތު ކުދިންނަށް ފޯރުކޮށް ދޭންޖެހޭކަމަށެވެ. މިއީ އުފަންވެނި ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދާނެ ކަންކަމަށްޓަކާ ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރި ކުރުވަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އަދި މައްސަރުކަންތައް ޖެހުމަކީ އަމިއްލަ ސާފުތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާވެސް ގުޅިފައިވާ ކަމަކަށްވާތީ ޕީރިއަޑްވުމުން ނުވަތަ މައްސަރުކަންތައް ޖެހުމުން ކަންކުރަންވީ ގޮތްވެސް ކުދިންގެ އުމުރާ ގުޅޭގޮތަށް ކިޔައިދޭން ޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުއްޖާގެ އުމުރާ އެ މުޖުތަމަޢެއްގެ މާހައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާކަމަށެވެ. ހަމަ އެހެންމެ ކުދިން ފުރާވަރަށް އަރަމުން އަންނައިރު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތު އެޑިއުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވާ ކަމަށާއި، އަދި މުޅި މުޖުތަމަޢަށް ފައިދާވާގޮތަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާ އެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

“މެންސްޓްރުއަލް ހެލްތު ޑޭ” ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top