މާލޭގައި ނޫޅެވިގެން ރަށަށް އަންނަ އާއިލާތަކަށް ދައުލަތުން އެހީވެދީ!: އެމްޕީ، އަލީ

5E107D77-212F-4591-807E-B1C2854CB782.jpeg

މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން.

މާލޭގައި ނޫޅެވިގެން ރަށަށް އެނބުރި ގޮސް ދިރިއުޅުން އާބާދު ކުރަން ބޭނުންވާ އެތައް ބަޔަކު ތިބިއިރު އެފަދަ މީހުންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސެން ގޮވާލައްވައިފިއެވެ.

މެންބަރު އަލީ މިކަމަށް ގޮވާލައްވާފައި މިވަނީ، ކޮވިޑާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށް، މާލޭގައި ދަތި އުނދަގޫ ހާލަތުގައި ބައެއް ފަރާތްތަކުން ދިރިއުޅެމުން އަންނާތީއެވެ.

ޢަލީ މިހެން ވިދާޅުވެފައިވާއިރު، ޖެންޑަރ މިނިސްޓްރީން ވަނީ، ކޮވިޑު-19އިގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން މިހާތަނަށް އެދުނު ފަރާތްތައް ރަށަށް ބަދަލުކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ، ކޯވިޑް-19އިގެ ސަބަބުން ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތުގައި ބައެއް އާއިލާތަކުން އެކަމަށް އެދިފައިވާކަމަށެވެ. އަދި އެމިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން އެމީހުންގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓްތައް ހަދަމުން އަންނަކަމަށާއި އެ އާއިލާތަކަށް ބޭނުންވާ ކަންކަން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މިމަސައްކަތްތައް ނިންމާ އެ މީހުން ރަށަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާއިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑާ އިން ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top