ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އިން ޔޫރޯ 2020 ބަލައިލެވޭނެ

b_JIcs9ApJi3ILdaz09JLtamE5U.jpg

ޔޫރޯ 2020 ގެ މެޗުތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓުބޯޅައަށް ލޯބިކުރާ މީހުން ޔޫރޯއަށް ތައްޔާރުވަމުން އަންނަ އިރު މުބާރާތުގެ ހުރިހާ މެޗެއް “ހައި ޑެފިނީޝަން (އެޗްޑީ)” ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަމަށާއި ސޮނީ ޓެން 2 އެޗްޑީ އަދި ލޯކަލް ބްރޯޑްކާސްޓާ ރާއްޖެޓީވީ އިން މެޗުތައް ފެންނާނެ ކަމަށެވެ.

އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް، ޖީއެސްޓީއަކާ ނުލައި މަހަކު އެންމެ 65 ރުފިޔާ ދެއްކުމުން ޔޫރޯ2020 ގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް ފޯނު ފަދަ ޑިވައިސްތަކުން މިހާރު ބަލައިލެވޭނެ އެވެ. އަދި ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލައިލެވޭނެ އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ތިބުމަށް އެހީވުމުގެ ގޮތުން ހާއްސަ އޮފާތަކެއް ވެސް ތައާރަފުކޮށްފައެވެ.

ދިރާގު ޓީވީން އަބަދުވެސް ކަސްޓަމަރުންގެ މުނިފޫހި ފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ ކޮންޓެންޓްތައް ގެނެސްދިނުމަށް މަސަައްކަތް ކުރާ ކަމަށް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top