ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

DSCN3910.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް -އީވީ ފައިލް ފޮޓޯ

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރައްވައިފި އެވެ.

އޭދަފުށީ ދާއިރާއަށް ވާދަ ކުރައްވާ ކެންްޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު ގުރުއަތުން މި ދާއިރާގެ އެއް ނަންބަރު ލިބިފައިވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ އޭދަފުށީ އެވަރޗާންސް އަހްމަދު ފައިސަލްއަށެވެ. ދެ ނަންބަރު ލިބިފައިވަނީ އޭދަފުށީ ދޭދަރުގޭ ޔޫސުފް މޫސާއަށެވެ. ތިންވަނަ ނަންބަރު މއ.އެވަރގްލޯރީ އަހްމަދުއަށް ލިބިފައިވާ އިރު މި ދާއިރާގައި މިހާރު ހުންނެވި އަހްމަދު ސަލީމަށް ލިބިފައިވަނީ 4 އެވެ.

ރޭ 8:30 ގައި އޮތް ރަސްމިއްޔާތުގައި މަޖިލީހުގެ 87 ދާއިރާއިން ގުރުއަތުލުން ކުރިޔަށް ގެންގޮސްފައިވަނީ

ކުރިމަތިލާފައިވާ ކެންޑިޑޭޓް ނުވަތަ އެ ކެންޑިޑޭޓެއްގެ މަންދޫބު އިލެކްޝަނަށް ފޯމް ހުށަހެޅި ތަރުތީބުން ފުރުސަތުދީގެންނެވެ. ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބަކު ހާޒިރު ނުވެއްޖެ ނަމަ އެ ކެންޑިޑޭޓެއްގެ ގުރުއަތު ނަންބަރު ނަގަނީ އިލެކްޝަންސްގެ ސްޓާފެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top