ބޮޑު ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގު 80 ރުފިޔާ ؟

WhatsApp-Image-2020-10-21-at-07.10.04-e1603359084600-oxa7ovkorgycw0zbrci7873dlgtvvropwl63wf3hqg.jpeg

އަށާރަ ކިލޯ އިން މަތީގެ ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް އަގުގެ ގޮތުގައި 80 ރުފިޔާ ކަނޑައެޅުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ބީކޭއެމްޔޫ އިން ބުނީ ކަންނެލީގެ އަގާމެދު މަޝްވަރާކުރުމަށް ފިޝަރީޒް މިނިސްޓްރީން ދިން ދައުވަތަކަށް އެ ޖަމިއްޔާއިން މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު އެ ޔޫނިއަންގެ ފަރާތުން ހުށަހެޅީ 18 ކިލޯއިން މަތީގެ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަށް ކަމަށެވެ. އަދި އޭ ގްރޭޑްގެ ގޮތުގައި ބަލާ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 100 ރުފިޔާ އެވެ.

އެހެން ނަމަވެސް އެ ބައްދަލުވުމުގައި އެ އަގުތަކަށް އެއްބަސް ވުމަކަށް އާދެވިފައެއް ނުވެއެވެ. އެހްންކަމުން އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މި އަހަރު ފެށުމުގެ ކުރިން ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ “ފްލޯ ޕްރައިޒް” އިއުލާން ކުރެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ވިދާޅުވެފައެވެ.

ބޮޑުކަަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ކަންނެލި ގަންނަ ބޮޑެތި ކުންފުނިތަނުން އެންމެ ފަހުން ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 50 ރުފިޔާއަށް ކަމަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާއަށް ދަށް ކޮށްފައިކަމަށެވެ.

ކަންނެލީގެ އަގު ކޮންޓްރޯލްކުރުމާ ބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓްކުރަން ރައީސް އޮފީހަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެންމެ ދަށް އަގު އިއުލާނު ކޮށްފައެއް ނުވެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ މައްސަލަތަކުގައި އަޑުއުފުލައި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ޔޫނިއަނެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top